މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް އަހުމަދު ހަސަން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ހޮވި މިިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް އަހުމަދު ހަސަން ހޮވައިފި އެެވެ. މޮޅު ކުޅުންތެރިއާގެ މަގާމްގެ އިތުުރުން އެންމެ މޮޅު އުކުންތެރިއާގެ މަގާމް ވެސް ލިބުނީ އަހުމަދު ހަސަން އެވެ. މިދިޔަ އަހަރު ރާއްޖޭގެ ކްރިކެޓްގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިން ފާހަގަކޮށް އެ ކުޅުންތެރިންނަށް އެވޯޑް ދިނުން އޮތީ ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި 11 ވަނަ "ކްރިކެޓް ހަވީރު"ގަ އެވެ. ރޭ ހޮވި އިތުރު މަގާމް ތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ މުހައްމަދު ރިޝްވާނެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ މުހިއްދީން ސްކޫލުގެ އާދަމް ނާސިފު އުމަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ