ރައީސް މައުމޫން ސްރީލަންކާއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް މިއަދު ސްރީލަންކާއަށް ވަޑައިގަންނަވައިފި އެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ވަޒީރު އަބްދުﷲ ހަމީދު، ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރިވެރިޔާގެ އަނބިކަނބަލުން އައިޝަތު މޫސާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހަމީދުގެ އަނބިކަނބަލުން، އަދި ކުރީގެ ވަޒީރު ހަމްދޫން ހަމީދުގެ މަންމާފުޅު އައިޝަތު މުސާ އަވަހާރަވެފައިވަނީ އިއްޔެ މެންދުރުފަހު ސްރީލަންކާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ