ގާނދީ ގޮތަށް ހެދުން އަޅައިގެން އިންޑިއާގެ ސްކޫލް ކުދިންތަކެއް ދުނިޔޭގެ ރެކޯޑް ހަދައިފި

ބެންގަލޫރު (އޮކްޓޯބަރު 2) - އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގެ ސްކޫލް ކުދިންތަކެއް މަހާތަމާ ގާންދީ ގޮތަށް ހެދުން އަޅައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ. ގާނދީ ގޮތަށް ހެދުން އަޅައިގެން ބޭއްވި އެންމެ ބޮޑު އެއްވުމުގެ ރެކޯޑް ހެދީ އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ 4،605 ދަރިވަރުން ބައިވެރިވެގެންނެވެ. މި ކުދިން ތިބީ ހުދު ފޮށާ އަނދެ ވަށް ބިއްލޫރީގެ އައިނު އަޅައިގެން އަދި އޮނު ދަނޑީގެ އަސައެއް ހިފައިގެންނެވެ. އަދި ގާނދީ ގޮތަށް މަތިމަހެއް ޖަހާ ބޮލުގައި ވެސް ތާކިހަލެއް އަޅައިގެންނެވެ. އިންޑިއާގެ ސްކޫލް ކުދިންތަކެއް ދުނިޔޭގެ ރެކޯޑް ހެދުމަށް ގާނދީ ގޮތަށް ހެދުން އަޅައިގެން ބެންގަލޫރުގެ ކަންޓީރްވާ ސްޓޭޑިއަމްގައި ބޭއްވި މި ބޮޑު އެއްވުމުގައި 4،605 ކުދިން ބައިވެރިވި. ބައިވެރިވި ކުދިންގެ އަދަދު ގިނިސް ވޯލްޑް ރެކޯޑްސް އިން ގުނާ އަދަދު ސައްހަތޯ ބެލުމަށް ހަތަރު ގަޑީއިރު ހޭދަވި އެވެ. މި ރެކޯޑް ކުރިން އޮންނަނީ ޓަމިލް ނާޑޫ ސްޓޭޓުގެ ސްކޫލެއްގަ އެވެ. މަހާތަމާ ގާނދީ އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރެއްވި އަދި ފަގީރުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވި ވަރުގަދަ ލީޑަރެކެވެ. ގާނދީ އަކީ އިންޑިއާގައި މިހާރު ވެސް އެންމެ ބޮޑަށް ގަދަރު ލިބިގެންވާ އެއް ނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ