މާލޭގެ ބޮޑުސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ. މިރޭ ކަރަންޓު ގޮސްފައިވަނީ 11:00 ހާއިރުއެވެ.
ކަރަންޓު ކެނޑިފަައިވަނީ ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ މައި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ދެ ޖަނަރޭޓަރު ނިވިގެން އެވެ. ހެންވޭރާއި މާފަންނު މައްޗަންގޯޅި އަދި ގަލޮޅުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ. އަދި ޖަނަރޭޓަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ދިޔުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެކަމާ ހުރެ ސްޓެލްކޯއާ މެދު އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ