މުދާ އުފުލާ ގަޑިއަށް އައި ބަދަލުގެ ސަބަބުން މުދަލުގެ އަގަކަށް ބަދަލެއް ނާންނާނެ – އެސްޓީއޯ

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ޢާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މާލޭގައި މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެންނެވި ބަދަލާއި ގުޅިގެން، އެސްޓީއޯ އިން ވިއްކާ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެެވެ.
އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ ސަރުކާރުން މާލެ މުދާ އުފުލާ ގަޑިތަކަށް ގެނައި މި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށާއި ސަރުކާރުން ގެނައި ބަދަލާއެކު މުދާ ހޭންޑްލް ކުރުމާއި ވިއްކުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯ އިން އަންނަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޭނުންވާ ކާޑާއި ތެލު ގެ އިތުރުން ތަފާތު ވައްތަރުގެ އިލެކްޓްރޯނިކްސް ސާމާނު ވިއްކުމަށް ޚާއްސަ ޝޯ ރޫމަކާއި އަދި އާންމު ދިރިއުޅުމަށް ބޭނުންވާން ތަކެތި އެއް ތަނަކުން ފޯރުކޮށް ދިނުމަށްޓަކައި އެސްޓީއޯއިން އަންނަނީ ސުޕަރމާޓެއްގެ ޚިދުމަތްވެސް ދިވެހި ރައްޔިތުންނަށް ދެމުންނެވެ.
އެހެން ކަމުން މި ހުރިހާ ޚިދުމަތެއް ދެމުން އަންނަ ކުންފުންޏަކަށް އެސްޓީއޯ ވެފައި އަދި އެ ކުންފުނިން ވިޔަރާފި ކުރާ ކުދި،ބޮޑު ކުންފުނިތަކުން މުދާ ނަގައިގެން ވިއްކަމުން ގެންދާތީ، ސަރުކާރުން މުދާ އުފުލުމުގައި ގެނައި ބަދަލާއި ގުޅިގެން އެ ގޮތަކަށް ވެސް ތަކެތީ ގެ އަގު މަތި ނުކުރުމަށް ޝަހީރު ވަނީ ނަސޭޙަތްތެރިވެފައެވެ.
މީގެ އިތުރުން މަޖޫރީން މުދާ ކްލިއަރ ކޮށްދޭ އަގު ކުރިއަށްވުރެ ހެޔޮކުރާނެ ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ޝަހީރު ވަނި މި ނޫށްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އެގޮތުން އެ މަޝްވަރާތައް ކާމިޔާބުވެ އަގު ކުޑަކޮށްފިނަމަ، އެސްޓީއޯ އިން ވެސް ދެން މުދާ ކްލިއަރ ކުރުވާނީ މަޖޫރީން ލައްވައިކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.
މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި އެކު މާލޭގެ މަގުތައް ދުވާލުގަޑިގައި ތޮއް ޖެެެހެމުން އައ މައްސަލަ އަށް ވަނި ޙައްލެއް ލިބިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ