މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދު ހަވީރު4:15 އިން މިރޭ10:15 އަށެވެ.
އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ހުރިހާ ސަރަހައްދުތަކަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.
Alert White for Heavy rain and thunderstorms pic.twitter.com/l2GImrD8Lp
— Maldives Meteorology (@MetMaldives) April 23, 2020
މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެ އެވެ.
ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކަށް ސަމާލުވުމަށް އެންގުމުގެ ގޮތުންނެވެ.
މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ