ޖުމްހޫރީ ޕާޓީއަކީ އިދިކޮޅު ޕާޓީއެއްކަން ނުވަތަ ސަރުކާރުގެ ބައިވެރިއެއްކަން ކަނޑައަޅާނީ ރައްޔިތުން: ޤާސިމް

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި މިހާރު ހިމެނޭ ޕާޓީއެއް ނޫން ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އިދިކޮޅު ޕާޓީއެއްކަން ނުވަތަ ސަރުކާރުގެ ބައިވެރިއެއްކަން ކަނޑައަޅާނީ ރައްޔިތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތް ކުރާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޤާސިމް އިބްރާހީމް މިއަދުވެސް ވިދާޅުވީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރާ ކަންކަމުގައި ވެސް އެކަމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި ޕާޓީގެ ކައުންސިލުން ކަނޑައަޅާ ކަންކަމުގައި ޖުމްހޫރީ ޕާޓީން ގެންދާނީ ސަރުކާރަށް އެއްބާރުލުން ދެމުން ކަމަށެވެ.
ޤާސިމް އިބްރާހީމް މިއަދުވެސް ވިދާޅުވީ މަޝްވަރާތަކަށް ޖުމްހޫރީ ޕާޓިން ވަކިކަމެއް ޝަރުޠުކޮށްފައި ނުވަނީ މަޝްވަރާތަކުގެ އެޖެންޑާ ކަނޑައަޅާނީ ކުރެވޭ މަޝްވަރާތަކުގެތެރެއިން ކަމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަމަށް ޖުމްހޫރީ ޕާޓީއަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
ސަރުކާރުން ދިން ދައުވަތު ޤަބޫލުކޮށް މަޝްވަރާތަކުގައި ބައިވެރިވުމަކީ މައްސަލަތައް ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޤާސިމް އިބްރާހީމް މިއަދު ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ