އައިލެންޑް އެވިއޭޝަން މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ ތިމަރަފުށި އެއަރޕޯޓު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އޭވިއޭޝަން އެކަޑެމީގައި ކިޔެވުން މިއަދު ފަށައިފި ފްލައިން ސްކޫލް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި މަގުބޫލު ލިޔުންތައް އެންމެ ފުރ

މޯލްޑިވިއަންގެ އެތެރޭގެއާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި، ފްލައިޓުމަތީ ޕަވާ ބޭންކު ބޭނުންކުރުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މަނާވާނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
“އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް. ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ. ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް” އައިލެންޑް އޭވިއޭޝަނުގެ އިއުލާނުގައި ވެއެވެ.
އެ ކުންފުނިން ބުނީ މޯލްޑިވއަންގެ ހުރިހާ މަތިންދާ ބޯޓުތަކެއްގައި ވެސް ޕަވާ ބޭންކު ބޭނުންކުރުން އާދިއްތަ ދުވަހުން ފެށިގެން މަނާ ކުރާ ސަބަބަކީ ޕަވާ ބޭންކުތައް އުފުލުމުގައި ހުރި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުންކަމަށެވެ. އަދި އެއީ ދަތުރުކުރާ ފަސިންޖަރުންނާއި، ފަޅުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އެޅި ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަނުން ވަނީ ޕަވާބޭންކު ބޯޓުގައި ބަހައްޓަންވީ ތަންތަނާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައެވެ. އެގޮތުން ޕަވާބޭންކު ހުންނަންވާނީ މަތިންދާބޯޓުގެ ތެރޭގައި، އަމިއްލަ ހަށިގަނޑުގައި، ނުވަތަ ގޮނޑީގެ ޖީބުގައި، ނުވަތަ ގޮނޑީގެ ދަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ގޮނޑީގެ މަތީގައި ހުންނަ ރެކުތަކުގައި ބެހެއްޓުން މުޅިން މަނާ ވާނެ ކަމަށާއި، ޗެކްކުރާ ދަބަހުގައި ގެންދިއުން ވެސް މުޅިން މަނާވާނެ ކަމަށް ބުންޏެވެ.
ޕަވާ ބޭންކުތައް ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލްކޮށް އެކްޓިވޭޓްވުން ހުއްޓުވުމަށް ޓަކައި، މި ތަކެތި ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި، ނުވަތަ އެ ނޫން ވެސް ގޮތަކަށް އިންސިއުލޭޓްކުރެވިފައިވާ ޓާމިނަލްތަކާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ފަހުން ބައިނަލްއަގްވާމީ ބައެއް އެއާލައިންތަކުން ވެސް ވަނީ ޕަވާ ބޭންކު ބޯޓުގައި ބޭނުންކުރުން މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ