ދިވެހި ހާޖީން މިރޭ އަރަފާތަށް ދަތުރު ފަށައިފި
ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެންމެން ވެސް، މިރޭ އަރަފާތު ބިމަށް ދާން ދަތުރު ފަށާނެ ކަމަށް ހައްޖު މިޝަން އިން ބުނެފި އެވެ.ދިވެހި ހައްޖާޖީންގެ ހުރިހާ ކަމެއް ބަލަހައްޓާ ހައްޖު މިޝަން އިން ބުނީ ޖުމްލަ 22 ބަހުގައި ހައްޖުވެރިން މިނާއިން އަރަފާތަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ކޯޕަރޭޝަނުން މަސައްކަތްކުރަނީ އިރުއެރުމުގެ ކުރިން ހުރިހާ ހައްޖުވެރިންވެރިންވެސް އަރަފާތަށް ގެންދިއުން ކަމަށެވެ.މާދަމާގެ ހުރިހާ ވަގުތެއް ހައްޖުވެރިން ހޭދަކުރާނީ، އަރަފާތު ބިމުގަ އެވެ. ހައްޖު ދުވަސް ނިސްބަތްވަނީ އަރަފާތު ބިމުގައި އެ ފުރިހަމަކުރާ އަޅުކަމަށެވެ.ރާއްޖޭން މި އަހަރު ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ