ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ކީހެއް ނުއަގުގައި ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މީރުބަހުރު ބަނދަރުގައި ހުރި މީހަކު ނުއަގުގައި ކަރަންޓް ކީހެއް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 22:55 ހާއިރު މީރުބަހުރު ބަނދަރުގައި އޮތް ބޯޓެއްގެ ދިރުނބާކޮޅުގައި ފިލާ އޮއްވާ ކަމަށެެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓް ކީސް ފެނިފައިވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ފިލާ އޮތް ބޯޓު ބަލައި ފާސްކުރިއިރު އެބޯޓު ތެރޭގައި ފޮރުވާފައި ވަނިިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުންނެވެ.
ވަގަށް ނަގާފައިވާ ކަރަންޓް ކީހެއް ނުއަގުގައި ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ