މާލެއަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ކަނޑު ގަދަ ދުވަސްވަރަކަށްވުމާއެކު މަގުމަތި ބޭނުންކުރާ ފަރާތްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމު ދަތުރު ފަތުރު ކުރާ ފަރާތްތަކާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިން ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން ހެދިފައިވާ ޤަވާއިދުތަކާއި މަގުހިނގާ މީހުންނަށް ސަމާލުކަން ނުދެއްވާނަމަ ހިތާމެވެރި ހާދިސާއެއް ހިނގުމަކީވެސް އެކަށީގެންވާކެމެއްކަމަށެވެ.
އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް މޫސުން ގޯސްވެ ވައިގަދަ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދަތުރުކުރުމަކީ ހިތާމެވެރި ހާދިސާއެއް ހިނގާފާނެކަމަށާއި ކަނޑުދަތުރު ކުރައްވާ ފަރާތްތްކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވުމާއި ކަނޑު ދަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިދުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ