ހިތަދޫ މޫދުގައި މަރުވެފައި އޮތީ ވޯކް ވިސާގައި އުޅޭ އޮސްޓްރޭލިއާ މީހެއް

މިއަދު ހަވީރު އައްޑޫ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ އޮސްޓްރޭލިއާ މީހެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ހިތަދޫ ފަތާ ޓްރެކް މޫދު ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ ފިރިހެން މީހާއަކީ ކާކުކަން ދެނެނުގަނެވިގެން ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނެތެވެ.
ތަފްސީލް - ނަމަވެސް ފުލުހުންނަށް މިހާރު ވަނީ އެއީ ކާކުން ކަށަވަރުވެފަ އެވެ. އޭނާއަކީ:
އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން
އޭނާގެ އުމުރުން 60 އަހަރު 
އެއީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް
ފުލުހުން ބުނިގޮތުގައި މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ