ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސައިފި

ރައްޔިތުން މަޖިލިސް އިދާރާގައި މަޖިލީހުގެ މެންބަރުންނަށް، އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ނަމަ އެކަން މަޖިލީހުގެ މެމްބާ ސެކްޝަނުގައި އެދެންޖެހޭނެ ކަމަށެވެ. އަދި އެކަން އެންގުމުން އެ ސެކްޝަނުން މެންބަރުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
އެގޮތަށް ހަމަޖެއްސީ މެމްބަރުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަ ވާނެ ކަމަށް ފެންނާތީ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
މަޖިލިސް ކެމްޕެއިންގައި އެމްޑީޕީން ގެންގުޅުނު އެޖެންޑާ 19ގައި ބުނެފައިވާ ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ދާއިރާ ރައްޔިތުންނާ ބައްދަލު ކުރަންވެސް ޖެހެ އެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކޮންމެ މެންބަރަކު އެ މެންބަރެއްގެ އަމިއް އޮފީހަށް ގާއިމް ކުރަންޖެހެއެވެ. މިހާތަނަަށް ބައެއް މެންބަރުން ވަނީ އެ މެންބަރުންގެ އޮފީސް ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ