ޑރ. އަބްދުއްސަމަދު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި


ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްސަމަދު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ޚާރިޖީ ވުޒާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ. މިދަފްތަރު ހުޅުއްވައިދެއްވާ، ދަފްތަރުގައި ސޮއިކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ދެއްކެވި ވާހަކަފުޅުގައި، ޑރ. އަބްދުއްސަމަދު ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ބޭރުގެ ފަރާތްތަކުގެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރައްވައި، ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު އިޙްލާސްތެރިކަމާއެކު ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. 
 
މި ދަފްތަރުގައި ސޮއިކުރެއްވުމަށް ކެބިނެޓްގެ ވަޒީރުންނާއި، ބޭރުގެ ބައެއް ގައުމުތަކުގެ ސަފީރުން ވަނީ ޚާރިޖީ ވުޒާރާއަށް މިއަދު ޒިޔާރަތްކުރައްވާފައި. މިތައުޒިޔާގެ ދަފްތަރު މިމަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ހުޅުވާފައި އޮންނާނެ ކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ