މީހަކު ތިމާއަށް ހެޔޮކަމެއް ކޮށްދީފިނަމަ، ނުވަތަ ލުއި ފަސޭހަވާ ގޮތަށް ކަމަކަށް މަގު ފަހިކޮށްދީފި ނަމަ އެކަމަށް ޝުކުރު އަދާކުރުމަކީ އިސްލާމީ ރިވެތި އުސޫލެކެވެ. ޒަމާނުއްސުރެ ދިވެހި މުޖްތަމަޢު ބަލައިގެންފައިވާ ކަމެއް ވެސް މެއެވެ.
ވެރިއެއް، އާއްމު ރައްޔިތެއް ކިޔާނެ ކަމެއް ނެތެވެ. ތިމާއަށް އެހެންމީހެއްގެ ފަރާތުން އެހީތެރިކަމެއް ލިބޭ ހިނދު ޝުކުރިއްޔާ ނުވަތަ “ތެންކްޔޫ”ބުނުމަކީ ދިވެހި މުޖްތަމައުގައި އާ ކަމެއް ނޫނެވެ.
މިކަން މިހެއް އޮތް ނަމަވެސް ޝުކުރު އަދާކުރުމަކީ ވެސް މައްސަލައެއް ކަމުގައި ވެއްޖެއެވެ. އެކަން މައްސަލައަކަށް ހަދައިގެން އުޅެނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އުފެދިފައި އޮތް އެއްބައިވަންތަކުމުގެ ގުޅުން ނައްތާލުމަށް އެންމެ ފާޅުކަން ބޮޑު މަސައްކަތެއް ކުރަމުންދާ އިދިކޮޅު އެމްޑީޕީންނެވެ.
ދިމާވެގެން އުޅޭ ގޮތަކީ ރައްޔިތުންގެ ތެރެއިން މާ ގިނަ ބަޔަކު ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާކުރާތީ އެކަން ހަޖަމު ނުވަނީއެވެ. ކަމުގެ ހަގީގަތަށް ޖެހިލާއިރު ރައްޔިތުން ރައީސް ޔާމީނަށް ޝުކުރު އަދާކުރަނީ އެމީހުންގެ އުއްމީދުތައް ހާސިލްކޮށްދެއްވަމުން ގެންދަވާތީއެވެ.
ރައީސް ޔާމީނަށް ރައްޔިތުން ޝުކުރު އަދާކުރަމުންދާތީ އެކަމާއި ހިތްހަމަނުޖެހިފައި ތިބި އެމްޑީޕީގެ މެންބަރުންނަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެގެން ދިޔައީ އިއްޔެ ކުރީގެ ރައީސް މައުމޫން ވެސް “ޝުކުރިއްޔާ ރައީސް ޔާމީން” ވިދާޅުވުމުންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ މައުމޫނަށް “ގޅބ” ވެސް ގޮވާފައެވެ.
ރައީސް ޔާމީން އަށް މައުމޫނު ޝުކުރު އަދާކުރީ ދަރިކަލުން ފާރިސް ގޭބަންދަށް ބަދަލުކުރުމުން އެކަމާއި ގުޅުވައިގެންނެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފާރިސް ގޭބަންދަށް ބަދަލުކުރެވިފައި ވަނީ ކަރެކްޝަނަލް ސަރވިސް އިން އެހެނިހެން ފަރާތްތަކާއި މެދު އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
މައުމޫނު ޝުކުރިއްޔާ ރައީސް ޔާމީން ވިދާޅުވުމުން އެމްޑީޕީ އަކަށް ހަޖަމެއް ނުވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ