ރަތަފަންދޫ އިންޖީނު ގޭގެ ތިޖޫރީ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގދ ރަތަފަންދޫ އިންޖީނުގޭގެ ތިޖޫރީ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ރަތަފަންދޫގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގައި ހުރި ތިޖޫރީން ވައްކަން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އެ ތިޖޫރިން ވައްކަން ކޮށްފައި ވަނީ އެ ތިޖޫރީގެ ތަޅުދަނޑިއެއް ބޭނުންކޮށްގެންނެވެ. ،އެ ހާދިސާގައި ތިޖޫރީގައި ހުރި 59،000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، އެ އިންޖީނުގޭގައި މަސައްކަތް ކުރާ ތިން މުވައްޒަފެއް ދިރިއުޅޭ ތަންތަން ބަލައި ވަނީ ފާސްކޮށްފައެވެ. އަދި އެ މީހުންގެ ބަޔާންވެސް ވަނީ ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ