މޫސުން ވަރަށް ގޯސް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ވަރަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް ލަފާކުރެވޭ ކަމަށާއި އަދި ކޮޅި ގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 
އެހެންކަމުން މެޓް އޮފީހުން ވަނީ ހއ. އަތޮޅާއި މ. އަތޮޅުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ 11:45 އިން ފެށިގެން 15:00 އާހަމަށް ޔެލޯ އެލާރޓް ނެރެފަ އެވެ.
 
ALERT YELLOW
Advisory:
Torrential rain with gust wind speed of 55 mph expected.
Area: Between Haa Alif and Meemu Atoll.
PERIOD:
30/1145 - 30/1500 hrs.
ISSUED:
1130 hrs 30 November 2017.
-MetService-
 
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ