މި އަހަރުގެ ރިޔާސީ އިންތިހާބު އަންނަންދެން މަޑު ކުރެވެން ނެތްކަމަށް ވިދާޅުވެ އޭގެކުރި ވެރިކަން ނިމުމަކަށް ގެންނަން ޖެހޭކަމަށް އިޝާރާތްކުރައްވާ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސް މައުމޫނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޖަލަށް ލެވުނުތާ 1000 ދުވަސް ވުމާއި ގުޅިގެން ރޭއިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ މިއަހަރު ރިޔާސީ އިންތިހާބު ބާއްވާނެކަން ވެސް އަދި އިންތިހާބުގެ ނަތީޖާ ނިކުމެގެން ދާނެ ގޮތެއްވެސް މީގެ އިތުރުން އިންތިހާބުގައި ކަންކަން ހިނގާނެގޮތެއްވެސް އެނގިވަޑައި ނުގަންނަވާކަމުގައެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު އަންނަންދެން އިސްލާހީ މަސައްކަތް މަޑުޖައްސާލައިގެން ތިބެވެން ނެތްކަމަށްރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ އެންމެބޮޑު މަސައްކަތެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމުގައެވެ. އެހެން ކަމުން އެމަޖިލީހުގެ މަސައްކަތް ފަށައިގަނެ ކުރެވޭނޭގޮތެއް ހޯދަން ޖެހޭ ކަމަށާއި ރާއްޖޭގެ ވެރިކަން މިނިވަން ޑިމޮކްރެޓިކް ޤާނޫނީ ވެރިކަމަކަށް އަލުން ބަދަލު ކުރުމަށް ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޤައުމު މިހާރު އިތް ހިސާބުން ސަލާމަތް ކުރަން ޖޭނުން ނަމަ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމުގައެވެ.
ރިޔާސީ އިންތިހާބޭ ކިޔާނެކަމެއް ނެތްކަމަށާއި ވަކި އިރެއް އަންނަންދެން މަޑު ކުރެވެން ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނު ވިދާޅުވީ މިހާރުވެސް އިސްލާހީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމުގައެވެ.
ރިޔާސީ އިންތިހާބު އަންނަންދެން މަޑުކުރެވޭކަށް ނެތް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ