ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީ ތަކުން އިސް ހަތަރު ލީޑަރަކު އެ ކޯޓަށް ހުށަހެޅި މައްސަލައަކީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ ސުޕްރީމް ކޯޓުގެ ގަވައިދުގެ ދަށުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެގެ ވަގުތެއްގައި ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުއްވީ ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ފަރާތްޕުޅުން އެޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ ނަމުގަ އެވެ.
ސުޕްރީމް ކޯޓަށް މި ހަތަރު ބޭފުޅުންގެ ފަރާތުން މިމައްސަލަ ހުށެހެޅުއްވީ ކޮރަޕްޝަނާއި ވައްކަމާއި މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފާހަގަކޮށްފަ އެވެ. މިމައްސަލަތަކާ އެކު ސުޕްރީމް ކޯޓުގައި އެދިފައިވަނީ ރައީސް ޔާމީން މަގާމުން ދުރުކުރުމަށެވެ.
-- ތަފްސީލް އަންނަނީ --
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ