ފުވައްމުލަމުލަކު އެއްވަނަ ސްކޫލް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު އެޓޯލް އެޑިޔުކޭޝަން ސެންޓަރު (އޭއީސީ)އިން ކާމިޔާބު ކުރިއިރު ދެވަނަ މެޗާއި ތިންވަނަ މެޗު މަދުރަސަތުލް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އިން ކާމިޔާބު ކޮށްފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ގުޅިގެން ފުވައްމުލަކު ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި މިހާރު ކުރިއަށް ގެންދާ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު އޭއީސީ އިން ކާމިޔާބު ކުރީ ބުދަ ދުވަހު ފުވައްމުލަކު ސްކޫލް (އެފްއެސް)އާ ވާދަކޮށް 21 ލަނޑުން ނެވެ. ޓޮސްދިމާވެގެން ކުޅެން އަރައި އޭއީސީ އިން 10 އޯވަރުގެ ތެރޭގައި 88 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި ފުވައްމުލަކު ސްކޫލަށް ހެދުނީ 66 ލަނޑެވެ.
ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ހާފިޒު އަހްމަދު ސްކޫލް (އެޗްއޭއެސް) އާއި ވާދަކޮށް އެމްޖޭއެމް އިން ކާމިޔާބުކުރީ ފަސް ވިކެޓުން ނެވެ. އެމެޗުގައި ޓޮސް ދިމާވުމުން އެޗްއޭއެސް އިން ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި 81 ލަނޑު ހެދި އެވެ. އެމްޖޭއެމް އިން ޖަވާބުގައި ކުޅެން އަރައި މެޗު ކާމިޔާބު ކުރީ ނުވަ އޯވަރުގެ ތެރޭގައި ފަސް ވިކެޓުން ނެވެ.
ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ތިންވަނަ މެޗު އެމްޖޭއެމް އިން ކާމިޔާބު ކުރީ ފުވައްމުލަކު ސްކޫލާ ވާދަކޮށް ތިން ވިކެޓުން ނެވެ. ޓޮސް ދިމާވުމުން އެމްޖޭއެމް އިން ގަސްދުކުރީ ހޮވާށެވެ. އެފްއެސް އިން ކުޅެންއަރައި 10 އޯވަރުގެ ތެރޭގައި 55 ލަނޑު ހަދާފައިވާއިރު ޖާވަބުގައި ކުޅެން އަރައި އެމްޖޭއެމް އިން މެޗު ކާމިޔާބުކުރީ ނުވަ އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 56 ލަނޑު ހަދައިގެންނެވެ.
ފައިސަލް ފައުންޑޭޝަނުން ސްޕޮންސާ ކޮށްގެން ފުވައްމުލަކު ކުރިކެޓް ދަނޑުގައި ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވެފައި ވަނީ އެރަށުގެ ހަތަރު ސްކޫލަކުންނެވެ. އެއީ އެޓޯލް އެޑިޔުކޭޝަން ސެންޓަރާއި ފުވައްމުލަކު ސްކޫލާއި ހާފިޒް އަހްމަދު ސްކޫލްގެ އިތުރުން މަދްރަސަތުލް މުހައްމަދު ޖަމާލުއްދީން އެވެ.
މުބާރާތުގެ ހަތަރުވަނަ މެޗުގައި މިއަދު ބައްދަކުކުރާނީ އަތޮޅު ތައުލީމީ މަރުކަޒާއި ހާފިޒު އަހްމަދު ސްކޫލެވެ. މެޗުފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގައެވެ.
ފުވައްމުލަކު ސްކޫލް ކްރިކެޓް މުބާރާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ