ހަށިކޮޅަށް ދޭން އުޅޭ ގެއްލުމެއްގެ މައުލޫމާތު ހިއްސާކުރުމަށް މައުމޫން އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ މ. އެންދެރިމާގޭގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަމުން ގެންދާތީ އެމަނިކުފާނަށް ދޭން އުޅުނު ގެއްލުމުގެ ތަފްސީލް ހިއްސާކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންވެ ސިފައިން ދައްކާ ވާހަކަތަކުގެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީ އަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީ ޓެގްކޮށް ރައީސް މައުމޫން ކުރެއްވި މިޓްވީޓްގައި އިތުރަށް ވިދާޅުވީ އަމިއްލަފުޅަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރެވޭނީ ވެސް ސިފައިން ބުނާ މައުލޫމާތު ލިބުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ