ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖެހިއިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފަށާފަ އެވެ. މިއިންތިހާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބޮޑެތި ކިއުތަކެއް ވަނީ ހަދާފަ އެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 262135 މީހަކަށް ލިބިފައިވާއިރު 472 ވޯޓް ފެށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށެވެ. ނަމަވެސް ގިނަ ބަޔަކު ވޯޓުލާން ކިއުގައި ތިބުމުން ފަހުން ވަނީ ވޯޓުލުން ނިމޭ ގަޑީ މިރޭ 7:00 ޖެހުމާ ހަމައަށް ފަސްކޮށްފަ އެވެ. މިހާރު މިވަނީ އެ ވަގުތުވެސް ހަމަވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު އެވެ.
..................................
ރިޔާސީ އިންތިހާބު 2018: އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ