ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅާ ޣައްސާން ބައްދަލުކުރައްވައފި

މިވަގުތު ޕްރޮގްރެސިވް ކޯލިޝަނުގެ ޓީމުން ހދ. އަތޮޅަށް ކުރަމުންދާ ދަތުރުގައި ޕީޕީއެމްގެ ނައިބުރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު، ނޮވެންބަރު 3ވަނަ ދުވަހުގެ ބަޠަލު ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅުގެ އަރިހަށް ޒިޔާރަތްކުރައްވައިފިއެވެ. ޣައްސާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅާ ބައްދަލުވެވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް އަދި ފަޚުރެއް ކަމުގައެވެ. އަދި ޝަހީދު ކޯރޕަރަލް ޙުސައިން އާދަމަކީ ޤައުމީ ބަޠަލެއް ކަމުގައާއި ޙުސައިން އާދަމް 1988ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި ވެވަޑައިގެންނެވި ޤުރުބާނީއަކީ  ޤައުމަށްޓަކައި ވެވަޑައިގެންނެވޭނެ އެންމެ ބޮޑު ޤުރުބާނީ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅާ ޣައްސާނު ބައްދަލުކުރެއްވީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވެ. ޣައްސާނާއެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބުލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާ އަދި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ހިމެނިވަޑައިގަންނަވައެވެ. 
މިލިޔުން ކިޔާލުމުން
83 %
އުފާވި
4 %
ދެރަވި
8 %
ރުޅިއައި
4 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ