މެންބަރުން މަސައްކަތް ކުރެއްވީ ނުފޫޒު ފޯރުވަން، ރިޝްވަތެއް ނުނަގަން - އިސް ގާޒީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަސައްކަތް ކުރެއްވީ ބައްލަވަމުން ގެންދަވާ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށާއި، މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިރު މަންފާއެއް ހޯދައިއިދިނުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެެވެ.
އިސް ގާޒީ ހައިލަމް މިގޮތަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕަށް ލި މައްސަލައާ ގުޅިގެން މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ ބައެއް މެންބަރުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.
އެ ވާހަކަތަކާއި ގުޅިގެން ގާޒީ ހައިލަމް ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެމަނިފާނު ވައިބާ ގްރޫޕަށް އެ ފޮޓޯ ޝެއާ ކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކާއި މަޖިލީހުގެ ބައެއް މެންބަރުން، އެމަނިކުފާނު ބަލަމުންދާ މައްސަަލައަކަށް /ރައީސް ޔާމީންގެ މަނީ ލައުންޑަރިންގ މައްސަލަ"ގައި ރިޝްވަތު ނަގާފައިވާ ކަމަށް ވާހަކަދައްކާފައި ވާ ކަމަށެވެ.
"އެ ފަރާތްތަކުގެ އެ އަަމަލީ ކޯޓުގައި ކުރިއަށްދާ މައްްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމެއް ކަމުގައިވީނަމަވެސް، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތު ބޭނުންލޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތްކޮށްފައިނުވާނެކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ". ގާޒީ ހައިލަމްގެ ބަޔާނުގައި ވެއެވެ.
ގާޒީ ހައިލަމް މިގޮތަށް މިރޭ ވިދާޅުވިއިރު، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، ގާޒީ ހައިލަމް ޖީބަށް 2 މިލިއަން ޑޮލަރު ލައިގެން އުޅެނީ ޔާމީނުގެ މައްޗަށް ކުރަން އޮތް ހުކުމުން ސަލާމަތް ކުރަން ވެގެން ކަމަށެވެ.
"ހައިލަމްވެސް ހިފައި ހައްޔަރު ކުރަންވީ ފިޔަވަޅު އަޅަންވީ. އޭނާ އެ ކޯޓުގައި ޖީބަށް 2 މިލިއަން ޑޮލަރު ލައިގެން ހުރެ ޔާމީނު ސަލާމަތް ކުރަން ނުކުމެއްޖައިން ބަހައްޓާކަށް އަޅުގަނޑެއް ނޭދެން. އޭނާ މިހާރުން މިހާރަށް ކޯޓުން ސަސްޕެންޑް ކުރަން އަޅުގަނޑު ގޮވާލަން" ނިހާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ