ޑރ.ޝަހީދު، ރައީސް ނަޝީދަށް: ސަރުކާރު ޖަވާބުދާރީކޮށް، ކޮރަޕްޝަން ހުއްޓުވައި ދެއްވާ!

ސަރުކާރު ޒިންމާދާރު ކުރުވައި، ކޮރަޕްޝަން ހުއްޓުވައި ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން، އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު އެދިވަޑައިގެންފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބަލައި އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކުރައްވައިގެން ރައީސް ނަޝީދު އެކަމުގައި ސަރުކާރު ފުރިހަމައަށް ޖާވާބުދާރީ ކުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެހެން އެއްވެސް ސިޔާސީ ލީޑަރަކަށް ދީފައި ނެތް ވަރަށް ރައްޔިތުން، ރައީސް ނަޝީދަށް އިތުބާރު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުން ވަނީ މަނިކުފާނަށް ވަރަށް ބޮޑު އިތުބާރެއް ދީފަ. އެހެން އެއްވެސް ސިޔާސީ ލީޑަރަކަށް އެފަދަ ބޮޑު އިތުބާރެއް ރައްޔިތުން ދީފައެއް ނެތް. ކޮރަޕްޝަން ހުއްޓުވައި ދެއްވާ!" އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް، އޭޑީބީން އަންގާފައިވާ ކަމަށް ބުނާ ހަބަރާއެކު ޑރ.ޝަހީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ