ގާޔަކުއިލް، އެކުއެޑޯ (ޑިސެމްބަރު 19) - އެކުއެޑޯގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަަަމަށްވާ މާރިއޯ ޕިނެއިޑާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
އުމުރުން 33 އަހަރުގެ ޕިނެއިޑާގެ ގަޔަށް ބަޑިޖަހައި މަރާލައިފައިވަނީ، ބުދަ ދުވަހު އެވެ. އެއީ، ފިހާރައަކުން ނުކުމެގެން ޕިނެއިޑާ އާއި އޭނާގެ މަންމަ އަދި އެހެން އަންހެނަކު ދަނިކޮށް، ސައިކަލުތަކެއްގައި އައި ބަޔަކު ފޮނުވާލި ބަޑީގެ ހަމަލާތަކެއްގަ އެވެ.
އިކުއެޑޯގެ އިންޓީރިއާ މިނިސްޓްރީން ބުނީ، ފުލުހުންގެ ހާއްސަ ޔުނިޓަކުން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
ޕިނެއިޑާ ވަނީ، އެކުއެޑޯ ޓީމަށް 2014 އިން 2021 އަށް ނުވަ މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ އެކުއެޑޯ އާއި ބްރެޒިލްގެ ކްލަބްތަކަށް ކުޅެފަ އެވެ.
އިކުއެޑޯގެ ގާޔަކުއިލް މިހާރުވެފައިވަނީ، ހަަމަނުޖެހުން ބޮޑު ސިޓީ އަކަށެވެ. އެ ގޮތުން، ޑްރަގް ޓްރެފިކިން އާއި ގޭންގް މާރާމާރީގެ ކަންކަން އިންތިހާ އަށް ބޮޑުވެފައިވާއިިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1900 މީހުން ވަނީ މަރާލައިފަ އެވެ. މިއީ، އެކުއެޑޯ ތާރީހަށް ބަލާއިރު ވެސް ހަމަނުޖެހުމުގެ މައްސަލަތަކުގެ ރެކޯޑެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، އެކުއެޑޯގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ތިން ކުޅުންތެރިއަކު މަރާލައިފައިވާއިރު، އެއް ކުޅުންތެރިއަކަށް ކެރިއަރު ކުރިއަށްނުގެންދެވޭވަރުގެ އަނިޔާއެއް ވަނީ ބަޑީގެ ހަމަލާއެއްގެ ސަބަބުން ލިބިފަ އެވެ.
އެކުއެޑޯގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެކުއެޑޯގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ