ހުޅުމީދޫ ބަހާއުއްދީނު މަގުގެ ބޮޑުބައި ނިންމައިފި

އައްޑޫސިޓީ ހުޅުމީދޫ ބަހާއުދީން މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ ދަށުން މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ 48 ޕަސެންޓްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،776 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ޖުމުލަ 42.5 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއު އެމްޓިސީސީއާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ