އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއްލައްކައިގެ އިން ހުރަސްކޮށް، އެ ގައުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އާ ރެކޯޑެއް ގާއިމްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 100,185 ފަތުރުވެރިން ޗައިނާއިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ.
މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާ މާކެޓު މިހާރު އޮތީ ރަޝިއާ އަދި އިނގިރޭސިވިލާތަށްވުރެ މާ ކުރީގައެވެ. ރަޝިއާއިން މިހާތަނަށް 84,739 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން އައީ 65,105 ފަތުރުވެރިންނެވެ. ޗައިނާގެ މި ކުރިއެރުމަކީ ގައުމީ އެއާލައިން “މޯލްޑިވިއަން” އިން އެ ގައުމަށް ކުރަންފެށި ސީދާ ދަތުރުތަކާއެކު ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ޖުމްލަ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށްވިޔަސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލްވުމުގެ ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް، ޗައިނާ ފަދަ ބޮޑެތި މާކެޓުތަކުން ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ރެކޯޑު ދެ މަހަށް ފަހު ޓޫރިޒަމް ދަށަށް: މާޗު މަހު އައީ އެންމެ 161،259 ޓޫރިސްޓުން ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް އާ ލުއިތަކެއް ދެނީ ޓޫރިސްޓުން އަންނަ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުވެއްޖެ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ