އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 684,908 ފަތުރުވެރިން ވަނީ އައިސްފައެވެ.
ހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 7,061 ފަތުރުވެރިންނެވެ. ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިޚްތިޔާރު ކުރަނީ ރިސޯޓުތަކެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް:
- ރިސޯޓުތަކުގައި: 462,361 ފަތުރުވެރިން.
- ގެސްޓްހައުސްތަކުގައި: 173,434 ފަތުރުވެރިން.
- ހޮޓެލްތަކުގައި: 18,865 ފަތުރުވެރިން.
- ފަތުރުވެރިކަމުގެ އުޅަނދުތަކުގައި: 14,568 ފަތުރުވެރިން.
- އެހެނިހެން ތަންތަނުގައި: 873 ފަތުރުވެރިން މަޑުކޮށްފައިވެއެވެ.
- ޗައިނާ: 100,185 ފަތުރުވެރިން.
- ރަޝިއާ: 84,739 ފަތުރުވެރިން.
- ޔޫކޭ: 65,105 ފަތުރުވެރިން.
- އިޓަލީ: 59,396 ފަތުރުވެރިން.
- ޖާމަނީ: 46,245 ފަތުރުވެރިން.
- އިންޑިއާ: 28,349 ފަތުރުވެރިން.
- ފްރާންސް: 22,530 ފަތުރުވެރިން.
- ޔޫއެސްއޭ: 17,631 ފަތުރުވެރިން.
- ސްވިޒަލޭންޑް: 15,128 ފަތުރުވެރިން.
- އޮސްޓްރިއާ: 13,157 ފަތުރުވެރިން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ