މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކުރި ނަމަވެސް، އެ ކުންފުނީގެ އެހެން އުފެއްދުންތައް އެއްވެސް އުނިކަމެއް ނެތި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މަސްވެރިކަން ދަށަށް ދިއުމާ ގުޅިގެން ތެޔޮ މަސްދަޅު ވިއްކާ އަދަދަށް މިފްކޯއިން ބަދަލު ގެނައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ފިޔަވަޅަކީ ސްޓޮކް ހުސްވިޔަ ނުދީ، ކުންފުނީގެ އަގުގައި މެދުކެނޑުމެއް ނެތި އާންމުންނަށް މަސްދަޅު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން މިފްކޯގެ ޕަބްލިކް ރިލޭޝަންސް ސީނިއާ މެނޭޖާ ޝިފްޒާ މުސްތަފާ ވިދާޅުވީ އާ ސްޓޮކެއް ލިބެންދެން ކޮންމެ މީހަކަށްވެސް ލިބޭނީ ތެޔޮ މަސްދަޅުގެ އެއް ކޭސް ކަމަށެވެ. އެއީ 24 ނުވަތަ 48 ދަޅުގެ ކޭހެކެވެ. ނަމަވެސް ތެޔޮ މަސްދަޅު ނޫން އެހެން އުފެއްދުންތައް ލިމިޓު ކުރުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މިފްކޯއިން ވަނީ ދާދި ފަހުން މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، އާންމުންގެ ޝަކުވާތަކާ ގުޅިގެން އަލުން އަގު ހެޔޮކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ކުރިން ހުރި އަގަށް މިފްކޯއިން ވަނީ ބަދަލުކޮށްފައެވެ. މަސްވެރިކަން ދަށަށް ދިއުމުގެ ސަބަބުން މިފަދަ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އާންމުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން މިފްކޯއިން ދީފި މަސްވެރިކަން ދަށްވި ނަމަވެސް ރޯދަ މަހު މަހުގެ އުފެއްދުންތައް ލިބުމުގައި ދަތިކަމެއް ނެތް: މިފްކޯ ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށައިފި އާ އަހަރުގެ ފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ