ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑު-19 ޖެހިގެން ނިޔާވެއްޖެއެވެ.އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުން އަދި އެމްއެންޑީއެފް ގެ މީޑިއާ އޮފިސާ މޭޖާ އިބްރާހިމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެބޭފުޅާގެ ބައްޕާފުޅު ނިޔާވެފައިވާކަމަށެވެ. އުމުރުފުޅުން 79 އަހަރުގެ ޒަކަރިއްޔާ ކޮވިޑު-19 އަށް ޕޮޒިޓިވް ވީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގައެވެ. ޒަކަރިއްޔާގެ ހާލުކޮޅު ގޯސްވެ ފަހުން ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައެވެ. ޒަކަރިއްޔާ އަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ހިދުމަތްތެރިއެކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑު-19 ޖެހިގެން ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ