ކޮވިޑް-19 ބަލިން ޝިފާލިބި، ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް-19 ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު ބަލިން ޝިފާ ލިބިވަޑައިގަތުމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލުގައި މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ބަދަލުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެކިއެކި ބަލިބަލި ތަޙައްމަލުކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާދަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ މުވައްޒަފުން ދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ