ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ހުއްދަ ވަނީ އެކި ކަންކަމެވެ. އެއް ޤައުމެއްގައި ހުއްދަ ކޮންމެ ކަމަކީ އަނެއް ޤައުމެއްގައި ކޮންމެހެން ހުއްދަ ކަމެއް ނޫނެވެ. ބައެއްފަހަރު، މަނާ ކަންކަމެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ކުށްވެރިޔަކު ޖަލަށް ލުމަށްފަހު، އޭނާ ޖަލުން ފިލައިގެން ދާން އުޅުމަކީ ކުށެކެވެ. ޖަލުގެ ގޮޅިއަށް ގެއްލުންދީގެން ނުވަތަ އެނޫންވެސް މަގަކުން ޖަލުން ފިލަން މަސައްކަތް ކުރާކަން އެނގިއްޖެ ނަމަ އޭނާއާ މެދު އިތުރަށް ކަންކަން ހަރުކަށި ކުރެއެވެ. މަޖުބޫރު ވެއްޖެ ނަމަ ޤާނޫނީ ފިޔަވަޅުވެސް އަޅައެވެ.
އެހެންނަމަވެސް، 1880 ވަނަ އަހަރު ޖަރުމަނުގައި ތަޢާރަފްކުރި ޤާނޫނެއްގެ ދަށުން، ޖަލު މީހަކު ޖަލުން ފިލަން މަސައްކަތް ކުރުމަކީ ޤާނޫނީ ކުށެއް ނޫނެވެ. ސަބަބެއްކަމަށް އެ ޤާނޫނުގައި ބުނެފައިވަނީ، މީހަކު ޖަލުގައި ނުވަތަ އެނޫންވެސް ތަނެއްގައި ބަންދު ކުރެވިފައިވާ ނަމަ، އެ ތަނަކުން ނުކުމެ މިނިވަން ވެވޭތޯ އެމީހަކު މަސައްކަތް ކުރުމީ އެއީ ތަބީޢީ ކަމެއް ކަމަށެވެ.
އެހެންކަމުން، ބަންދުގައި ހުރި މީހަކު އެ ބަންދުން ވީއްލޭތޯ މަސައްކަތް ކުރުމަކީ ނުވަތަ އެކަމަށް މަގެއް ފެނޭތޯ އުޅުމަކީ ނުވަތަ ޖަލުން ފިލޭތޯ ބެލުމަކީ ޖަރުމަނުގައި ޤާނޫނީ ކުށެއް ނޫނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދެވޭ ހިނދު އެމީހަކު ގަދަ ހަދައިލުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އެހެނަސް، ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެފަދަ ހާލަތްތަކުގައި އާންމު މީހާ ކުށްވެރިވެއެވެ. އެކި ނަންނަމުގައެވެ. ގިނަފަހަރު ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށެވެ.
ޖަރުމަނުގައި، ޖަލުން ފިލަން މަސައްކަތްކުރުމަކީ ކުށަކަށް ނުވާ ސަބަބު މިއޮތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ