"މުލާން" ނެރޭނީ 2018 ގައި

މަޝްހޫރު ޑިޒްނީ ކާޓޫނެއް ކަމަށްވާ "މުލާން" ގެ ލައިވް އެކްޝަން ފިލްމު 2018 ގައި ރިލީޒް ކުރުމަށް ހަމަޖައްސައިފިއެވެ.
ޑިޒްނީއިން އަންނަނީ އެ ޕްރޮޑަކްޝަންގެ ގިނަ އެނިމޭޓެޑް ފިލްމުތައް ލައިވް އެކްޝަން ފިލްމުތަކަށް ބަދަލުކުރަމުންނެވެ. އެގޮތުން މުލާންގެ ލައިވް އެކްޝަން ފިލްމެއް އުފައްދާނެ ކަމަށްވެސް ޑިޒްނީއިން ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ. ނަމަވެސް އެއަށްފަހު ފިލްމާ ގުޅޭގޮތުން އެއްވެސް އަޑެއް އިވިފައެއް ނުވެއެވެ.
އެއާއެކު ކުއްލިއަކަށް އަޑުއިވިގެން ދިޔައީ ސޮނީ ޕްރޮޑަކްޝަނުން މުލާންގެ ފިލްމެއް އުފައްދަން އުޅޭ ކަމުގެ ޚަބަރެވެ.
ނަމަވެސް އެންމެފަހުން ޑިޒްނީއިން ވެސް އޭގެ ފިލްމު ނެރެން އުޅޭ ދުވަހެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2018ގެ ނޮވެމްބަަރު 02 ގައެވެ.
ޑިޒްނީއިން މިހާރު ތައްޔާރުވަމުން ދަނީ ފިލްމުގެ ގްލޯބަލް ކާސްޓިންގެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށެވެ. ލީޑް ރޯލު ކަމަށްވާ މުލާންގެ ރޯލަށް ޗައިނީސް އެކްޓްރެސް އެއް ހޯދުމަށް ވެސް ޑިޒްނީއިން ވަނީ އިއުލާންކޮށްފައެވެ.
ޑިޒްނީއިން 1998 ވަނަ އަހަރުގައި ނެރުނު މުލާން އަކީ ޗައިނާގެ ހަގީގީ ވާހަކައަކަށް ބިނާކޮށް އުފެއްދި ކާޓޫނެކެވެ.
ޑިޒްނީއިން އަންނަނީ ކުރީގެ ކްލެސިކްތަކުގެ ލައިވް އެކްޝަން ފިލްމުތައް ތައްޔާރުކުރަމުންނެވެ. އެގޮތުން މިއަހަރު "ދަ ޖަންގަލް ބުކް" ނެރެފައިވާއިރު އެންމެ އަވަހަށް ދެން ފެނިގެންދާނީ "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ރިމޭކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ