ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބޭއްވި އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހިއާލީ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
ހިއާލީ ސްޕޯޓްސް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އަނގޮޅިއަންސް ބަލިކުރުމަށް ފަހުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުގެ 6-6 އިން އެއްވަރު ވެފައި އޮތުމާއި ގުޅިގެން އިތުރު ވަގުތު ކުޅެގެން ވެސް ނަތީޖާ ބަދަލު ނުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގައި ގިނަ ވަގުތުގައި ލީޑު އޮތީ އަނގޮޅިއަންސްގެ އަތުގައެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ހިއާލީ ވަނީ ލަނޑެއްޖަހައި ނަޖީތާ ހަމަހަމަ ކޮށްފައެވެ. ފެނަލްޓީގައި އަނގޮޅިއަންސް ގެ ދެ ޕެނަލްޓީ ވަނީ ހިއާލީ ޓީމުގެ ހުނަރުވެރި ކީޕަރު ހަސަން ނިޒާމް ދިފާއު ކޮށްފައެވެ. ޕެނަލްޓީ ނިމުނީ 8-10 އިން ހިއާލީ އަށް ކުރި ލިބިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހިއާލީ ޓީމުގެ ކީޕަރު ހަސަން ނިޒާމުއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވިފައި ވަނީ ހިއާލީ ޓީމުގެ ޖޯޒީ ނަމްބަރު 1 ހަސަން ނިޒާމް އާއި ހަމަ އެ ޓީމުގެ ޖޯޒީ ނަމްބަރު 8 މޫސާ އިބްރާހިމް އާއި އަންގޮޅިއަންސް ޓީމުގެ ޖޯޒީ ނަމްބަރު 7 ޝާއިމް މުހައްމަދު އަދި ޖޯޒީ ނަމްބަރު 10 އިބްރާހިމް ޒިޔާންގެ އިތުރުން ހުސްއަލި ޓީމުގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް އަރީޝް އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރަކަށް ހޮވުނީ ފައިނަލް މެޗުގައި ދެ ޕެނަލްޓީ މަތަކުރި ހަސަން ނިޒާމް އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ހުސްއަލި ޓިމުގެ އިބްރާހިމް އަރީޝް އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 29 ގޯލު ޖަހާފައެވެ.
އަބްދުﷲ ކޮއެގެ މެމޯރިއަލް ފުޓްސަލް ކަޕަށް އެހީތެރިވެދިން ފަރާތްތައް ކަމަށްވާ ކުއިނިޝް، އެވަލިން ޕްރައިވެޓް ލިމިޓެޑް، ހުސްއަލި ކޮންސްޓްރަކްޝަން، ނޮޅިކަލާސް، ވަން ސޮލިއުޝަން، ވެލިދޫ ޔޫތް ސެންޓަރ، ވެލިދޫ ކައުންސިލްގެ އިދާރާ، އެމްޑިއޭ ވެލިދޫ ގޮފި، ޕީޕީއެމް ވެލިދޫ އަސުރުމާ ގޮފި، ވީއެފްއެމް، ކޭއެންޖީ، ހިސާމް މުހައްމަދު(އަޅިވިލާގެ) އަދި އަހުމަދު ފިޔާޒުގެ ނަން ފާހަގަކޮށް މި ފަރާތްތަކަށް ކްލަބް ސްޓިލް ރެޑުން ވަރަށް ބޮޑަށް ޝުކުރުއަދާ ކުރިއެވެ.
މި މުބާރާތުގައި މި އަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވި އިރު، މުބާރާތް ކުރިއަށް ގޮސްފައި ވަނީ މި ޖޫން މަހުގެ 15 އިން 23 އަށެވެ.
މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދިގެން ބޭއްވި ހަ ވަަނަ ފަހަރެވެ.
އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހިއާލީ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ