ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބުދާރީ ނުވާ މައްސަލައިގާ އަމަލުކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށް އެމައްސަލަ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވައިފިއެވެ.
ވީ ނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާންޖެހޭ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވާނެ ކަމަށް ބުނެފަވާތީ މިމައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ ނިންމުމާ މެދު މަޖިލީހުން އަމަލު ކުރާނެ ގޮތެއް އެގިގެންދާނީ އާންމު ކޮމެޓީން މިމައްސަލައިގަ ނިންމާ ގޮތެއްގެ މަތިން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު މިމަހުގެ ހަތަރުވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވާފަވާއިރު، މަޖިލީހުގެ ގަވައިދުގެ ފަންސަވީސްވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވާ ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަން ވާނޭ ކަމަށެވެ. އަދި 14 ދުވަހުގެ ތެރޭގައި ރިޔާސީ ބަޔާނަށް ޖަވާބުދޭންވާނެ ކަމށްވެސް މަޖިލީހުގައި ޤަވައިދުގައި ވަނީ ބުނެފައެވެ.
އެޤަވައިދުގައިވާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހޭ ޕާޓީއަކީ އެމްޑީޕީއެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ ރިޔާސީ ބަޔާނަށް އެޕާޓީން ޖަވާބުދާރީވާންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާ، އެޕާޓީން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އިއްވާފައިވާ ރިޔާސީ ބަޔާނަށްވެސް އެމްޑީޕީން ޖަވާބުދީފައެއް ނުވެއެވެ.
ހިޓާޗީ ބްރޭންޑްގެ އާ އައިސް އަލަމާރިއެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
ރޭ ސޯސަލް ސެންޓަރ ގައި އޮތް އިންޓަ ކޮލެޖް/ ޔުނިވާސިޓީ ބާސްކެޓް ބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ހާފް ޓައިމް ގައި ބޭއްވި މި ޕްރޮޑަކްޓް ތަޢާރަފްކުރުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިން ގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް އެވެ.
މިޕްރޮޑަކްޓަކީ މުޅިން އާ ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ބިއްލޫރިން ފަރުމާކޮށްފައިވާ ޑިޒައިން އެކުލެވޭ، ތިން ކުލައިގައި ލިބޭ އައިސް އަލަމާރިއެކެވެ. ހުދު، ކަޅު އަދި ބްރައުން ކުލައިގައި ލިބޭ މި އައިސް އަލަމާރީގެ ގަނޑުކުރާބައި ހުންނަނީ ތިރީބައިގަ އެވެ. މި އަސިސް އަލަމާރި އަކީ ޚަރަދު ކުޑަ ކުރާގޮތައް ތައްޔާރު ކޮށްފައިވާ ތަފާތު ގިނަ އިތުރު ކަންކަން އެކުލެވޭ މޮޅު އައިސް އަލަމާރިއެކެވެ. މީގެ ތެރޭގައި އާ ސްމާޓް ވެޖް ކޮމްޕާޓްމަންޓެއްގެ އިތުރުން ޓަޗްސްކްރީން އަކާއި މޫވަބަލް އައިސް ޓްރޭ އެއް އެކުލެވެއެވެ. އޭގެ ތެރޭގައި ސްމާޓް ވެޖް ކޮމްޕާޓްމަންޓް އަކީ ގިނައިން ތަރުކާރީގެ ބާވަތްތައް ގިނަދުވަހު ބެހެއްޓޭ ގޮތައް ތައްޔާރު ކޮށްފައިވާ ކޮމްޕާޓްމަންޓެކެވެ. މި އައިސް އަލަމާރިން ބެނުންކުރެވޭ ދެމޯޑް އިން މޯޑަކަށް ބަދަލު ކޮށްލުމަށް ފަސޭހަކަމާއި އެކު ދޮރުފަތުގައި އެކުލެވިފައިވާ ޓަޗް ސްކްރީނުން ބަދަލުކޮށްލެއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ޕްރޮޑަކްޓްތައް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުންނާއި އެސްޓީއޯގެ ރީޖަނަލްސް އިން ލިބެން ހުންނާނެއެވެ. އޭގެ އިތުރުން މި ޕްރޮޑަކްޓް އެސްޓީއޯގެ ފްރީ ޑެލިވަރީ ގެ ދަށުން ހިލޭ ގެއައް ގެންގޮސް ދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި މީގެ އިތުރުން 1.5 އަހަރުގެ ސާރވިސް ވޮރެންޓީއާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރެންޓީ ވެސް ލިބޭނެ އެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދިނުމުގެ މައްސަލަ އާންމު ކޮމިޓީއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ