ފިޝަރީޒް މިނިސްޓްރީއަށް މިއަހަރު ދިން ބަޖެޓަކީ އޮފީސް ހުޅުވާ ލެއްޕޭވަރުވެސް ނުވާ ބަޖެޓެއް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، މިއަހަރަށް ބަޖެޓް ފާސްކުރިއިރު، މިނިސްޓްރީގެ މިދިޔަ އަހަރުގެ ބަޖެޓަށް ކަނޑައަޅާފައިވާ އަދަދުގެ، ދެބައިކުޅަ އެއް ބައިވެސް މިއަހަރުގެ ބަޖެޓްގައި ހިމަނާއިދީފައި ނުވާ ކަމަށެވެ. ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކަށް 204 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަކީ މަސްވެރިންގެ ސަބްސިޑީ ފައިސާ ކަމަށާއި ދަނޑުވެރި ކަމުގެ ސަބްސިޑީޒަށް ދީފައި ވަނީ 50 މިލިއަން ރުފިޔާ ކަމަށެވެ. ބާކީހުރި ފައިސާ އިން މުވައްޒަފުންގެ މުސާރަ ދިނުމަށްފަހު ކަރަންޓާއި ފެނުގެ އިތުރުން އިދާރީ ކަންކަމަށް ބޭނުން ވަރަށް ވެސް ފައިސާ ނެތް ކަމަށެވެ.
"މިނިސްޓްރީން މަސްވެރިންނާއި ދަނޑުވެރިންނަށް އެހީވާން ކޮންމެ އަހަރަކު ހިންގާ އަދި މިއަހަރު ވެސް ހިންގަން ހަމަޖެހިފައިވާ އެއްވެސް ޕްރޮގްރާމަކަށް ވެސް ފައިސާ އެއް ނެތް. އެހެން ކަމުން ބަޖެޓްގައި ކަނޑައެޅިފައިވާ ސަބްސިޑީ ފައިސާގެ ތެރެއިން އެ ކަންތައްތައް ކުރެވޭނެ ގޮތެއް މަޖިލީހުން ނިންމައި ދެއްވުމަށް މަޖިލީހުގައި އެދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު އެކަނިވެސް އަށް ކަނދުފަތި އަޅާފަފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓްގައި ކަނދުފަތި އަޅަން އެއްވެސް ފައިސާ އެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ގަސްގަހަށް ޖެހޭ ބަލިން ސަލާމަތް ކުރަން ދޫކުރާ ގަސްކާނާ އާއި ދަނޑުވެރިންނަށް ބޭނުންވާނެ ބޭސް ފޯރުކޮށްދިނުމަށް ވެސް ފައިސާ ނެތް ކަމަށެވެ.
ދާދި ފަހުން މިނިސްޓްރީއަށް އެމްއެސްސީ ސެޓްފިކެޓް ލިބިފައިވާއިރު މިނިސްޓަރު މިއަދު ވިދާޅުވީ އެ ސެޓްފިކެޓް ދަމަހައްޓަން ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށާއި ލިބުނު ސެޓްފިކެޓް ދަމަހައްޓަން ކުރަންޖެހޭ މަސައްކަތަށް ހޭދަ ކުރާނެ ފައިސާ ބަޖެޓް އޮތް ގޮތުން ނުލިބޭ ކަމަށެވެ.
"އެ ސެޓްފިކެޓް ނު ދެމެހެއްޓި [ބީވެގެން] ހިގައްޖެނަމަ، ރާއްޖޭއިން އެކްސްޕޯޓް ކުރާ މަހުގެ އަގު ވެއްޓިގެންދާނެ ކަމުގެ ބިރު އެބައޮތް،" ޝަފީއު އިންޒާރު ކުރެއްވި އެވެ. "މީގެ އިތުރުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވި، ފާނަ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭން ކުރިއަށް ގެންދިއުމަށް ވެސް ބަޖެޓްގައި ފައިސާ ނެތް،"
މިނިސްޓަރު ވިދާޅުވީ ބަޖެޓް ހުށައެޅިއިރު، އެ ކަންކަމަށް ފައިސާ ކަނޑައަޅާފައި ހުންނާނެ ކަމަށާއި ބަޖެޓް ފާސްވެގެން އާއިރު އެކަންކަން ކުރާނެ ފައިސާ ނެތް ނަމަވެސް މާލިއްޔަތު ކޮމެޓީ އަށް ހުށައަޅައިގެން އެކަންކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ފިޝަރީޒުން ބަޖެޓްގެ މައްސަލައިގައި ވާހަކަ ދެއްކި އިރު ސަރުކާރުގެ އެހެން ވެސް ގިނަ އިދާރާތަކާއި މިނިވަން މުއައްސަސާތަކުން ވެސް ގެންދަނީ ބަޖެޓްގެ މައްސަލައިގައި ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.
މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަ ކުރާ ބީޖީ ސްޕޯޓްސްގެ އެސިސްޓެންޓް ކޯޗަކަށް އިސްމާއީލް އަނިލް ހަމަޖައްސައިފި އެވެ.
އަނިލް ބީޖީގެ އެސިސްޓެންޓް ކޯޗަކަށް މިދިޔައީ ވިކްޓަރީގެ ޔޫތު ހެޑްކޯޗުކަން ދޫކޮށްލުމަށްފަހު އެވެ.
އަނިލް މިއަދު ބުނީ އޭނާ ބީޖީ އަށް ބަދަލުވީ އެއްވެސް ޓީމެއްގެ ހެޑްކޯޗުކަން ކުރެވެން ނެތުމާއެކު އެ ޓީމުގެ އޮފާވެސް ރަނގަޅުވުމުން ކަމަށެވެ.
"އަހަންނަކީ އެއާޕޯޓްގައި މަސައްކަތްކުރާ މީހެއް. ވަގުތު ހުންނަގޮތުން ނެތް އެއްވެސް ޓީމެއްގެ ހެޑްކޯޗުކަން ކުރެވޭކަށް، ދެން އޮފާވެސް ރަނގަޅު. އެހެންވެ ބީޖީ އަށް ދިޔައީ،" ވިކްޓަރީގެ ކުރީގެ ކެޕްޓަން ބުންޏެވެ.
ވެލެންސިއާ އާއި އީގަލްސް އަށް ކުޅުނު އަނިލް ވަނީ މި އަހަރު ބޭއްވި ވިމެންސް ޗެމްޕިއަންޝިޕުގެ ތަށި ސަން އަށް ހޯދައިދީފަ އެވެ. އަދި އޭނާ ވަނީ 2011 ވަނަ
އަހަރު އީގަލްސް އަށް ކުޅެމުން އެކުލަބުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.
ބީޖީގެ ހެޑްކޯޗަކަށް ހުންނާނީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗު މުހައްމަދު ޝާޒްލީ އެވެ.
ފިޝަރީޒަށް ދިނީ އޮފީސް ހުޅުވާ ލެއްޕޭވަރުވެސް ނުވާ ބަޖެޓެއް: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ