އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ހަތަރު ޒުވާނުން ޝަހީދު ކޮށްލައިފި
ހުޅަނގު އައްސޭރި (ޖެނުއަރީ 8) - ތަފާތު ދެ ހާދިސާއެއްގައި ހުޅަނގު އައްސޭރިން އިޒްރޭލު ސިފައިން ބަޑި ޖަހާ ފަލަސްތީނުގެ ހަތަރު ޒުވާނުން މިއަދު ޝަހީދު ކޮށްލައިފި އެވެ. އިޒްރޭލުން ބުނެފައި ވަނީ ހަތަރު މީހުން ގަޔަށް ބަޑި ޖެހީ އިޒްރޭލު މީހުންނަށް ވަޅިން ހަމަލާ ދޭން އުޅުމުން ކަމަށެވެ. ހަތަރު މީހުން ޝަހީދު ކޮށްލާފައި ވަނީ ގުޝް އެޒިއޮން ޖަންކްޝަނުންނެވެ. މި ތަނުގައި މީގެ ކުރިން ވެސް ވަނީ ފަލަސްތީނު މީހުންނަށް ހަމަލާދީފަ އެވެ. ހަތަރު ވަނަ މީހާ ޝަހީދު ކޮށްލާފައި ވަނީ ހިބްރޮންއާ ކައިރިންނެވެ. އިޒްރޭލު ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ފަލަސްތީނުގެ މީޑިއާ އިން ބުނެފައި ވަނީ އިޒްރޭލުން ބަޑި ޖަހާ ޝަހީދުކޮށްލާފައި ވަނީ ވަރަށް ޒުވާން ކުދިންތަކެއް ކަމަށެވެ. މި ކުދިންގެ އުމުރު އުޅެނީ 20 އަހަރާއި 21 އަހަރާ ދެެމެދުގަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އިޒްރޭލާއި ފަަލަސްތީނު މީހުންގެ މެދުގައި ހަމަލާތައް ބަދަލުކޮށް މަޝްރަހު ހޫނުވެފަ އެވެ. އޮކްޓޯބަރު މަހު 1 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 140 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އިޒްރޭލުން މަރުވެފައި ވަނީ 21 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ