ޝަރީއަތް ނިމެންދެން އާފިޔާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
މިދިޔަ ޖެނުއަރީ މަހު ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް އޭނާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް އޭނާ މަރާލި ކަމަށް ތަހުގީގުގަ އާއި ޝަރީއަތުގައި ވެސް އެއްބަސްވެފައިވާ އާފިޔާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އާފިޔާ (މ) މިދިޔަ ހަފުތާގައި ފުލުންގެ ބެލުމުގެ ދަށުން ކޯޓަށް ވައްދަނީ: އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވަނީ ފަށާފައި.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އާފިޔާ ހައްޔަރުކުރި ފަހުން މިއަދާ ހަމަ އަށް ވެސް އޭނާ ހުރީ ބަންދުގަ އެވެ. އާފިޔާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާ ވަނީ ކުރިން ވެސް އަދި އިބްތިހާލް މަރުވި ދުވަހު ވެސް އިބްތިހާލަށް އަނިޔާކުރި ކަމަށް ކްރިމިނަލް ކޯޓުގައި އެއްބަސްވެފަ އެވެ. ދައުލަތުން ވަނީ އާފިޔާގެ މައްޗަށް ކުއްޖަކު މެރުމުގެ ދައުވާ އަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް އުފުލައިފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ