އެކަތިގަނޑަކަށް ނުވެއްޖެނަމަ 2013 ގައި އެމްޑީޕީން ވެރިކަމަށް އަންނާނެ: އުމަރު ނަސީރު

މިހާރުގެ ސަރުކާރަށް ތާއީދުކުރާ ފަތާތްތައް ނުވަތަ އިއްތިހާދު އެކަތިގަނޑަކަށްނުވެ ބައިބައިވެއްޖެނަމަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފަސޭހަކަމާއިއެކު އެމްޑީޕީން މިރާއްޖޭގެ ވެރިކަމަށް އަންނާނެކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީދު ވިދާޅުވެއްޖެއެވެ.
އެއަރޕޯޓް އެމްއޭސީއެލްއާއި ހަވާލުކުރުމުން ރޭ އިއްތިހާދުން ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އިއްތިހާދަށް ކާމިޔާބު ކުރެވިފައިވަނީ އެކަތިގަނޑެއްގެ ގޮތުގައި ތިބުމުންކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކާމިޔާބު ކުރެވޭނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެގެންކަމަށާއި މިހާހިސާބުން މަސައްކަތް ނިންމާލެވުނީކަމަށް ބަލައިގެން ނުވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަޅުގަނޑުމެންނާއި ދިމާލަށް ބަޑި ދިއްކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އެންމެން އެކުގައި އެމްޑީޕީއާއި ދިމާލަށް ބަޑި ދިއްކުރަންވީ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެއްކޮޅުގައިތިބީ (އެމްޑީޕީ) ރާ ބޯ މީހުންނާއި ލާދީނީ މީހުންކަމަށާއި އަނެއްކޮޅުގައި (އިއްތިހާދުގައި ތިބީ) ދީނަށް ޤައުމަށްޓަކައި ތިބި ބައެއްކަމުގައެވެ. އަދި އެމްޑީޕީއަށް 2013 ގައި ވެރިކަން ހޯދައި ދިނުމަށް ބޭރުގެ އެތައްޤައުމަކާއި އެތައްޖަމާއަތްތަކެއް ނިކުމެ އެބަތިބިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމަށް ދެމެހެއްޓެނިވި ސަރުކާރަކާއި ދެމެހެއްޓެނިވި ރައްޔިތުންގެ މަޖިލީހެއް އިއްތިހާދަށް ބޭނުންވާކަމުގައެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިހާބުވެސް އެދި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް އިއްތިހާދުން ކާމިޔާބުކުރަން ޖެހޭކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި 40 އަހަރަށް ދެމިގެންދާ ވެރިކަމެއް ތަރައްޤީއަށްޓަކައި ބޭނުންވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ