ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް އެކުލަވާލުމަށް ނިންމާފައިވާ މަޖިލީހުގެ ހަތްމެމްބަރުންގެ ކޮމިޓީން ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރުން މޫސާ މަނިކު ތަނާޒުލްވެވަޑައިގެންނެވުމުން ތޮއްޑޫ ދައިރާގެ މެމްބަރު އަލީ ވަހީދުގެ ނަން ހުށަހަޅައިފިއެވެ.
ކޮމިޓީ މައްސަލާގައި ނިޒާމީ ނުކުތާ ނެންގެވުމަށްފަހު ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ، ކޮމިޓީގައި ހިމެނުމަށް ސަމީރުގެ ނަން ހުށަހެޅުއްވި މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށާއި، އެކޮމިޓީގައި ހިމެނިވަޑައިގަންނަވަން ބޭނުން ފުޅުނުވާ ކަމަށެވެ.
ސަމީރުވަނީ ނިޒާމީ ނުކުތާގައި ކޮމިޓީއަށް ކާށިދޫ ދައިރާގެ މެމްބަރު ޖާބިރުގެ ނަން ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިފަދަ ކޮމިޓީތަކުގައި ހިމަނަން ޖެހޭނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރުން ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ކޮންމެ މެމްބަރަކީ ވެސް ދާއިމީ ކޮމިޓީގައި ހިމެނޭ މެމްބަރެއް ކަމަށާއި، ޖާބިރު ކޮމިޓީގައި ހިމެނުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.
ސަމީރުގެ ނަން އަނބުރާ ގެންދެވުމުން ކޮމިޓީއަށް ނަން ހުސަހެޅުއްވި މެމްބަރު ތިމަރަފުށީ ދާއިރާގެ އަހުމަދު ޝަރީފުވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ނަން ހުށަހަޅުއްވާފައެވެ.
މޫސާ މަނިކުގެ ނަން ހުށަހެޅުއްވުމާ ގުޅިގެން އޭނާ ވެސްވަނީ ތަނާޒުލްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
މޫސަ ތަނާޒުލްވެވަޑައިގެންނެވުމާ ގުޅިގެން ޝަރީފުވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ކޮމިޓީއަށް ޝަރީފު ހުށަހަޅުއްވާފައިވާ އަނެއް ހަ މެމްބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.
ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޮމިޓީން ސަމީރާއި މޫސާ މަނިކު ތަނާޒުލްވުމުން އަލީ ވަހީދުގެ ނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ