ފުލުހުންގެ މަސައްކަތް ކުރަންވާނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން:އަބްދުﷲ ގާޒީ

ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވެންވާނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެގޮތަށްކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްﷲ މުޙައްމަދު (އަބްދުއްﷲ ގާޒީ) ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތެރެއަށް އަލަށް ގުޅުނު މީހުންނަށް ހުވާލައްވާ ދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި އަބްދުއްﷲ ގާޒީ ވިދާޅުވީ ފުލުހުންގެ އަމަލުތައް ހުންނަން ޖެހޭނީ ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ ތެރޭގައި ކަމަށާއި ރައްޔިތުންނާއި މުޚާޠަބު ކުރުމުގައި ރީތި ބަސްމަގު ބޭނުން ކުރަން އަބަދުވެސް އިސްކަން ދޭންޖެހޭނެކަމަށެވެ.
ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ސަރވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ހެޑް އޮފް ހިއުމަންރިސޯސް ޑިޕާޓްމަންޓް، އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުވާކުރި ފުލުހުންނާއި މުޚާޠަބުކޮށް ވާހަކަ ފުޅު ދެއްކެވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ. އަހްމަދު ޢަރީފުގެ ވާހަކަ ފުޅުގައި ކޮންމެ ފުލުހަކުވެސް ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށާއި ފުލުހުންގެ ދައުރާއި ވާޖިބު އަދާ ކުރުމުގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ 30 ފުލުހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ