ފުވައްމުލަކު ދެކުނު ދާއިރާގެ ޖުމުހޫރީ މާލަން ހުޅުވައިފި

ފުވައްމުލަކު ދެކުނު ދާއިރާގެ ޖުމުހޫރީ މާލަން ހުޅުވައިފި އެވެ.
ފުވައްމުލަކުގައި ޖުމްހޫރީ މާލަން ހުވުމުގެ ގޮތުން ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މާލަން ހުޅުއްވައިދެއްވީ ޖޭޕީގެ މެންބަރު ފައިސަލް ނަސީމެވެ.
މިމާލަން ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމްގެ ވެރިކަމެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފުވައްމުލަކުގެ ސިއްހީ ހާލަތު ރަނގަޅުކޮށް މިހާރަށްވުރެ އެތައް ގުނައަކަށް ފުވައްމުލައް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.
އަދި މިހާރު ވެސް ރަށަށް ދިމާވަމުންދާ ރަށްގިރުމުގެ މައްސަލައާ ފެނާއި ނަރުދަމާގެ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވާ ފުވައްމުލަކު ރައްޔިތުން ބޭނުންވާ ތަރައްގީ ގައިމު ކޮށްދެއްވާނެ ކަމަށެވެ.
ފައިސަލްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ޖޭޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ފުވައްމުލަކު ރައްޔިތުންނަށް ސާފުކޮށްދެއްވި އިރު ހުރިހާ ރައްޔިތުން ގުޅިގެން މިފަހަރުގެ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓް ގާސިމަށް ވޯޓު ދެއްވަންވީ ސަބަބު ވެސް ވިދާޅުވެދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ