ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވި އެ ދެމެމްބަރުންނަކީ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ދެ މެމްބަރުންނެވެ. ނަމަވެސް ސުޕްރޫޕް ކޯޓުން ފަހުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފަ އެވެ.
ޖުމްހޫރީ ޕާޓީއަށް އެ ދެމްމަބަރުން ސޮއިކުރެއްވީ އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބުރާހީމްގެ ހާޒިރުގައެވެ. ސޮއިކުރެއްވުމަށް ފަހު ފޯމް ހަވާލުކުރެއްވީވެސް ގާސިމާއެވެ.
(ތަފުސީލު އަންނަނީ )
މެމްބަރު އަމީތާއި އަބުދުﷲ ޖޭޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ