އަޅުގަނޑު ކުށެއް ނުކުރަން، މިނިވަންކޮށްދީ: ކުރީގެ މެމްބަރު ނާޒިމް

ގާނުނޫލް އުގޫބާތުގެ ކުރިން އަވަސް އަރުވާލައިގެން މައްސަލަ ނިންމީ އިއްތިފާގަކުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެގޮތަށް ވިދާޅުވީ މަކަރާއި ހީލަތުގެ މައްސަަލައެއްގައި 25 އަހަރަށް ނާޒިމް ޖަލަށް ލުމަށް ސުޕުރީމްކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނުވަތަ މުރާޖާ ކުރުމަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުުގަ އެވެ. ނާޒިމް ވިދާޅުވީ، އޭނާގެ މައްޗަށް ސުޕުރީމް ކޯޓުން ހުކުމް އިއްވާފައިވަނީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމަށް ހަފްތާއަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން ކަމަށެވެ.
އެގޮތުން ނަމާދު ގަޑިއަށް އެކަނި ބްރޭކް ނެގުމަށްފަހު އެއްދުވަސް މަތިން 14 ގަޑި އިރު ސްޕްރީމްކޯޓުގައި ޝަރީއަތް ކުރިޔަށް ގެންދިޔަ ކަމަށާއި، އެކަންކަމަކީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ގާނޫނުލްއުގޫބާތުގެ ކުރިން އޭނާގެ މައްޗަށް ހުކުމް ކުރީ އެއަށް އަމަލު ކުރަން ފެށުނު ނަމަ އެދައުވާވެސް ނޫފުލޭނެތީ ކަމަށާއި، އެ ހުކުމްވެސް ނީއްވޭނެތީ ކަމަށެވެ. އަދި މުޅި ޝަރީއަތްވެސް ކުރިޔަށް ގެންގޮސްފައިވަނީ އެ ގާނޫނު ވުޖޫދުވުމުގެ ކުރިން ނިންމާގޮތަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ބޮޑު މަކަރާއި ހީލަތުގެ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ހުށަހަޅުއްވާ ހުކުމެއް ކުރި އިރުވެސް އޭނާގެ މައްޗަށް އެއްވެސް ފައިސާއެއް ދެއްކުމަށް ހުކުމެއްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އޭނާގެ ކުންފުނީގެ މުވައްޒަފަކު ކުރިކަމެއްގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑު ކުށެއް ނުކުރަން. އަޅުގަނޑުގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް އަޅުގަނޑު މިނިވަންކޮށްދެއްވާ" ނާޒިމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ. ނާޒިމް މައްސަލައިގެ އަޑުއެހުންތަށް ސްޕްރީމްކޯޓުން މިއަދު ވަނީ ނިންމާލާފައެވެ. އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ އެމައްސަަލައިގެ ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ