ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ދެއްވާފައެއް ނުވެއެވެ.
މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ސޯލިހް، މައުމޫނާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިިދިޔަ ހޮނިހިރު ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ސޯލިހަށް އެންމެ މަތީ މަޝްވަރާ އަރުވާ ހަތަރު ލީޑަރުންގެ ތެރޭގައި މައުމޫން ހިމެނެއެވެ. އެންމެ މަތި މަޝްވަރާ ރައީސް އަށް އަރުވާ ހަތަރު ލީޑަރުންގެ ތެރޭގައި މައުމޫންގެ އިތުރުން ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.
ހަތަރު ލީޑަރުންނާއި ރައީސް ސޯލިހް މަހަކު އެއްފަހަރު ބައްދަލު ކުރައްވަން ވަނީ އެއްބަސްވެފައެވެ.
މައުމޫން، ރައީސް އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ