އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބާއި ބެހޭ ދުސްތޫރީ މައްސަލަ ރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުން ހުށަހެޅުއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރެއް ކަމުގައިވާ މުޙައްމަދު ސަލީމެވެ. އޭނާ މިއަދު ވިދާޅުވީ، އެމައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުންތަކެއްގެ ޝަކުވާއާއި ގުޅިގެން ކަމަށެވެ.
ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި މެމްބަރުންގެ އަބުރަށް އަރައިގަނެ ޕީޕީއެމްގެ 30 ވަރަކަށް ބައިވެރިން ދަނީ، މިދިޔަ ހަފްތާއިން ފެށިގެން ކޮންމެ ރެއަކު (އެއްވުން މަނާ ސަރަޙައްދެއްގައި) އެއްވެ، އިހުތިޖާޖު ކުރަމުންނެވެ.
އިންތިހާބުގެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން މިރޭ ބަލައިގެންފައިވާއިރު، އެމައްސަލަ ރަސްމީކޮށް ހުށަހެޅުމުގެ ހުއްދަވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިރޭ ވަނީ ދީފައެވެ.

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ