ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހއ.ދިއްދޫގައި ކުރިއަށް ގެންގޮސްފި

ހއ. ދިއްދޫގައި ނެއިބަރ ހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމުގެ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ދިއްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންގޮސްފިއެވެ.
ޖަނަވަރީ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ދިއްދޫ ޕޮލިސް ސްޓޭޝަނުން، ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ އޮޅުންފިލުވުމާއި، ފުލުހުންނާ ރައްޔިތުންނާއި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ވާހަކަ ދައްކާ ރައްޔިތުންގެ ޚިޔާލު ހޯދާފައިވެއެވެ.
އަދި ދިއްދޫގައި އާންމުކޮށް ކުށްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި، ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި، ބޭނުންކުރެވިދާނެ ވަސީލަތްތަކާއި އަދި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލް ތަކަށް ޖަވާބުދާރީ ނުވުމާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ