އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގދ.ތިނަދޫ އިން ކަރަންޓްގެ ޚިދުމަތް ކެނޑިފައި ވާތީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު އެރަށުގެ ކޮންމެ ގެއަކަށް އުއްބައްތި ފޮއްޓެއް ހަދިޔާ ކޮށްފިއެވެ.
ތިނަދޫގެ ކޮންމެ ގެއަކަށް އުއްބައްތި ފޮއްޓެއް ހަދިޔާ ކުރުމަށްފަހު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މެންބަރު އަބްދުﷲ ވިދާޅުވީ ތިނަދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"ސަރުކާރުގެ މުއައްސަސާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދޭ. ހާއްސަކޮށް ފެނަކައިގެ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަން. ފެނައިގައިގެ އެމްޑީ ނިމާލް ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރު އަދާކުރަން" މެންބަރު އަބްދުﷲ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ތިނަދުއަށް ދިމާވެފައިވާ ހިތާމަވެރި ހާލަތު ރައީސް ޔާމީން ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
"މިމައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ރައީސް ޔާމިނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން" އަބްދުﷲ ވިދާޅުވިއެވެ.
ތިނަދޫ ހުރިހާ ގެއަކަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އުއްބައްތި ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ