އަންހެނަކު ރަޖަމުކުރުމަށް ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ، ގއ.ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުނު، ވަކި މީހަކު ނުލައްވާ ގޮތަށް ވިހެއުމުގެ ކުށުގެ މައްސަލައިގެ ޝަރީޢަތް އެ ކޯޓުން ހިންގައި، އަދި ނިންމާފައިވަނީ މިބާވަތުގެ މައްސަލަތަކަށް ބަލައި، ޝަރީޢަތް ކުރުމަށް ކަނޑައެޅިފައިވާ އިޖްރާޢަތްތަކާއި ޤާނޫނުތަކާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
"އެހެންކަމުން ގއ.ގެމަނަފުށީ ކޯޓުގެ (ގަޟިއްޔާ ނަމްބަރު) ބާތިލުކޮށް، އެންމެހައި ލިޔެކިޔުންތަކާއި އެކު ފައިލު 19 އޮކްޓޫބަރު 2015 ގެ 12:00 ގެ ކުރިން މި ކޯޓަށް ފޮނުވުމަށް ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގައި އަމުރުކުރަމެވެ،" ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު، އަންހެނަކު ރަޖަމުކުރުމަށް ހުކުމް ކުރީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައިވާ ގޮތުން ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދަ ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑު އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
ގެމަނަފުށީ ކޯޓުގެ ހުކުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އެ އަންހެން މީހާގެ މައްޗަށް ކުރި ދައުވާއާއި ތަފާތު ކުށަކަށް އޭނާ ކޯޓުގައި އިއުތިރާފު ވުމުން، ދައުވާއާ ގުޅުވައިގެން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށާއި، އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.
އަންހެނަކު ރަޖަމުކުރުމަށް ގެމަނަފުށީ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ